ޑައުންލޯޑު

ވެބްސައިޓުގެ ޑައުންލޯޑު ސެކްޝަން ބެއްލެވުމަށް

ހޯދާ

އޮންލައިން ކެޓަލޮގު މެދުވެރިކޮށް ކުތުބުޚާނާގެ ކޮށާރުގައިވާ ތަކެތި ހޯއްދަވާ.

ހުޅުވާފަ ހުންނަ ގަޑިތައް

ހޮނިހިރު - ބުރާސްފަތި
ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބުރަރީ | 10:00 އިން 15:45 އަށް
ޤައުމީ ކުތުބުޚާނާ | 09:00 އިން 17:45 އަށް

ތިއޭޓަރ ކާޓޫން

މިއީ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ހޮނިހިރު ދުވަހުގެ ހަރަކާތުގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންދެވެނީ ކޮންމެ މަހެއްގެ އެންމެފަހު ހޮނިހިރު ދުވަހުގެ 11:00 އިން 13:00 އަށެވެ. 13 އަހަރުންދަށުގެ ކުޑަކުދިންނަށް ގުޅޭ މުނިފޫހިފިލުވައިދޭ އަދި އިބްރަތްތެރި ކާޓޫނެއް ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ މިނީ ތިއޭޓަރގައި އެޅުވެއެވެ. އަދި ކާޓޫން ނިމުމުން އެކާޓޫނަކައި ގުޅޭ ކާޓޫން ރިވިއު ކާޑު ފުރުން އަދި ކާޓޫން ކެރެކްޓަރސް ނުވަތަ ޕޯސްޓަރގައި ކުލަޖެއްސުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދެވެއެވެ.ިންގެ މަލްޓި މީޑިއާ ލައިބްރަރީގެ ތަފާތު މައުލޫމާތުގެ އިތުރުން ފޮތް ފާހަގަ ކުރުހުމުގެ ހަރަކާތެއް ކުރިއަށް ގެންދެވުނެވެ.



ކުރުން

ކަލާފާން ސްކޫލުގެ ދަރިވަރުންގެ ޒިޔާރަތްކުރުން

ކަލާފާން ސްކޫލްގެ ދަރިވަރުން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއަށް 31 ޖަނަވަރީ 2024 ގައި ވަނީ ޒިޔާރަތްކޮށްފައެވެ. ކަލާފާން ސްކޫލްގެ 473 ދަރިވަރުން އަދި 35 ޓިޗަރުން ބައިވެރިވި މިޒިޔާރަތުގައި ކުޑަކުދިންގެ މަލްޓި މީޑިއާ ލައިބްރަރީގެ ތަފާތު މައުލޫމާތުގެ އިތުރުން ފޮތް ފާހަގަ ކުރުހުމުގެ ހަރަކާތެއް ކުރިއަށް ގެންދެވުނެވެ.




ލިޔުންތެރިންގެ ސިލްސިލާ ހަވީރު: އަދީރުންގެ ވާހަކަ ޕްރޮގްރާމް

ލިޔުންތެރިންގެ ސިލްސިލާ ހަވީރުގެ ނަމުގައި 2023 ވަނަ އަހަރު މިފެށުނު މިޕްރޮގްރާމްއަކީ ސިލްސިލާކޮށް ދިވެހި ލިޔުންތެރިންގެ ލިޔުއްވާފައިވާ ފޮތަކާއި ބޭހޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދެވޭ ފްރޮގްރާމްއެކެވެ. ތަފާތު ލިޔުންތެރިންގެ ފޮތްތަށް ލިޔުވުމުގެ ފަހަތުގައި ހިމެނޭ މުހިއްމު ގިނަ ވާހަކަތަކެއް މިސެޝަންތަކުގައި ހިއްސާކުރެއްވޭނެއެވެ.






މައުލޫމާތު ސެޝަން ހިންގުން

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރުމަށްތަކައި ޤައުމީ ކުތުބުޚާނާ އަދި ވޯޓަރކެއާ މޯލްޑިވްސް އާއި ގުޅިގެން ދުވަހާއިބެހޭ ހާއްސަ މައުލޫމާތު ސެޝަންއެއް ވަނީ ބޭއްވިފައެވެ. 22 މާރިޗް 2023 ގައި ލައިބްރަރީ އިންސްޓިޓިއުޓް ގައި މިބޭވުނު ސެޝަންގައި މައުލޫމާތު ދެއްވީ ވޯޓަރކެއާ މޯލްޑިވްސްގެ ފައުންޑަރ މުހައްމަދު ރަޝީދުއެވެ.






’ތިރީސް ކުރުވާހަކަ‘ ފޮތް އިފްތިތާހްކުރުން

06.04.2022

މުސައްނިފް އަހްމަދު ޝިޔާމް ލިޔެފައިވާ 30 ކުރު ވާހަކަ' މި ފޮތް އިފްތިތާޚްކުރެވިފައި ވަނީ 30 މާރިޗު 2022 ގައި ޤައުމީ ކުތުބުޚާނާގައެވެ. ފޮތް ނެރެދެއްވީ ލިޔުންތެރިޔާ މަޑުލު މުހައްމަދު ވަހީދުއެވެ. ޝިޔާމް ލިޔުއްވާފައިވާ މިފޮތުގައި މައިގަނޑުކޮށްވަނީ އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ މައްޗަށް ލިޔެވައިވާ ކުރުވާހަކަތަކެކެވެ.

އަޙުމަދު ޝިޔާމް ލިޔުއްވާފައިވާ ފޮތް "30 ކުރު ވާހަކަ" ގެ ޤާނޫނީ ގޮތުން ޖަމާކުރަން ޖެހޭ 2 ކޮޕީ އަދި ހަދިޔާގެ ގޮތުގައި އިތުރު 2 ކޮޕީ ޤައުމީ ކުތުބުޚާނާއަށް ވަނީ މިހާރު ލިބިފައެވެ.






ޅެންވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާ

ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ދިވެހިބަހުގެ އެކަޑަމީ، އިންޑިއަން ކަލްޗަރަލް ސެންޓަރ، ޤައުމީ ކުތުބުޚާނާ އަދި ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން 21 މާރިޗް 2022 ގައި އިއްޒުއްދީން ސުކޫލު ހޯލުގައި ވަރަށް ހާއްސަ ޖަލްސާއެއް ވަނީ ބޭއްވިފައެވެ.

ޅެންބަހުރުވައަކީ މިބަވަނަ ވަމުން އަންނަ ދުނިޔޭގައި މުއާސަލާތުކުރުމަށް ބެނުންކުރާނެ އެންމެ ފަށުވި، ހިތްގައިމު އެއްވަސީލަތެވެ. ޅެމުގެ އަސަރު ހިތްތަކަށް ފޯރުކޮށްދިނުމަށް ވަކި ހާއްސަބަހުރުވައް މަޖުބޫރެއް ނޫނެވެ. މިފަދައިން މިޖަލްސާގައި ތަފާތު 7 ބަހަކުން ޅެން ހުށަހެޅުނެވެ.

ޅެންވެރިންގެ ޖަމިއްޔާގެ ހާއްސަ މަޖައްލާ 'ޅެންވެރިޔާ 6' އަދި އޮންލައިންކޮށް ހަސަން ޝާކިރުގެ ފޮތް 'ތޭހައްޓި' މިދެފޮތް ވަނީ މިޖަލްސާގައި ވަނީ އިފްތިތާހްކުރެވިފައެވެ. ޅެންވެރިންގެ ދުވަހަށް އާންމުން ހޭލުންތެރުކުރުމަށް ބޭއްވުނު މިޖަލްސާއަކީ މިކަމުގައ މަޤްސަދު ހާސިލުވެ ކަމިޔާބު ޖަމްސާއެކެވެ.






ބައިނަލްއަޤުވަމީ އަންހެނުންގެ ދުވަސް

ރާއްޖޭގައި އެންމެ ފުރަތަމަ އަންހެނުންގެ ދުވަސް ފާހަގަކުރެވުނީ 1983 ވަނަ އަހަރު. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، މިދުވަސް ކުލަގަދަ ގޮތެއްގައި މިދަނީ ފާހަގަކުރެވެމުން. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް މިދުވަސް ފާހަގަކުރަނީ، އަންހެނުންގެ މިއަދުގެ ޙާލަތު ވަޒަންކޮށް، މުސްތަޤްބަލަށް އަމާޒުކޮށްގެން، އެކަނބަލުންނަށް ކުރިއަށް ދިޔުމުގެ އިތުރު ފުރްޞަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި. އަދި އެކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުން ހޯދައި، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި އެކަނބަލުން އަދާކުރާ ދައުރު ފާހަގަކުރުމަށްޓަކައިއެވެ.






'އެދުވަސް ގެނޭވޭނެ' ފޮތް އިފްތިތާޙްކުރުން

ނޫސްވެރިޔާ އަދި މުސައްނިފް އަހްމަދު ސާއިލް އަލީ ލިޔެފައިވާ 'އެދުވަސް ގެނެވޭނެ' މި ފޮތް އިފްތިތާޚްކުރެވިފައި ވަނީ 16 މާރިޗު2022 ގައި ޤައުމީ ކުތުބުޚާނާގެ އެހީއާ އެކުގައި ޤައުމީ ކުތުބުޚާނާގައެވެ. ދިވެހި ބަހުން ލިޔެފައިވާ މި ފޮތުގައި ވަނީ އަހުމަދު ސާއިލް އިހްސާސްކޮށްފައިވާ ނަފްސާނީ ބަލިތަކުގެ ވާހަކަތަކާއި އެކުގައި ދިރިއުޅުމުގެ ބައެއް ވޭންދެނިވި ނަފްސާނީ ބަލިތައް ދިމާވުމުގެ ސަބަބުތަކާއި، މި ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އުފާވެރި ދިރިއުޅުމަކަށް ވާސިލް ވެވޭނެ ގޮތްތަކަށް އަލިއަޅުވާލައިފައެވެ.

އަޙުމަދު ސާއިލް ޢަލީ ލިޔުއްވާފައިވާ ފޮތް "އެދުވަސް ގެނެވޭނެ" ގެ ޤާނޫނީ ގޮތުން ޖަމާކުރަން ޖެހޭ 2 ކޮޕީ އަދި ހަދިޔާގެ ގޮތުގައި އިތުރު 3 ކޮޕީ ޤައުމީ ކުތުބުޚާނާއަށް މިހާރުވަނީ ލިބިފައެވެ.






ބައިނަލްއަޤުވާމީ ލިޔުންތެރިންގެ ދުވަސް

ބައިނަލްއަޤުވާމީ ލިޔުންތެރިންގެ ދުވަހުގެ ހާއްސަ ޑިސްޕްލޭ މިފަހަރު ހާއްސަ ކުރެވިފައިވަނީ ޅެންވެރިކަމުގެ ދާއިރާގެ ބޭފުޅެއް ކަމުގައިވާ އަލްފާޞިލް ޙަސަން ޝާކިރު މުޙައްމަދަށެވެ. ޤައުމީ ކުތުބުޚާނާގެ ރީޑިން އޭރިޔާގެ ޑިސްޕްލޭ މޭޒަށް ނެރެވުނު މިޑިސްޕްލޭގައި ޝާކިރުގެ ލިޔުންތެރިކަމުގެ މައުލޫމާތުގެ އިތުރުން އެބޭފުޅާއަށް ލިބިވަޑައިގަންނަވާފައިވާ އިނާމުތަކުގެ މައުލޫމާތު ވަނީ ހިމެނިފައިވެއެވެ. އަތުން ލިޔުއްވާ ޑިޒައިންކުރައްވާފައިވާ މަޖައްލާތަކުގެ އިތުރުން ލިޔުންތެރިންގެ ގުޅުމުގައި ޝާއިޢުކޮށްފައިވާ ޅެމެއްވަނީ ހިމެނިފައެވެ. ޙަސަން ޝާކިރު މުޙައްމަދުގެ ފޮތްތަކުގެ ތެރެއިން ޤައުމީ ކުތުބުޚާނާއިން ލިބެންހުރި ފޮތްތަކާއި ޝާއިޢުކުރެވިފައިވާ ލިޔުއްވުންތަކުގެ ބިބްލިއޮގްރަފީއެއް ވަނީ ޤައުމީ ކުތުބުޚާނާގެ ވެބްސައިޓްގައި އާއްމުކުރެވިފައެވެ.






ތާރީޚްގެ ތެރެއިން...

ހަފްތާއަކު އެއް ފަހަރު މައުލޫމާތު ބަދަލުވާގޮތަށް ތައްޔާރުކޮށްފައިވާ ޑިސްޕްލޭ ބޯޑެއް ވަނީ ޤައުމީ ކުތުބުޚާނާގެ ސަރވިސް އޭރިޔާގައި ބެހެއްޓިފައެވެ. މި ބޯޑްގައި ހިމެނިފައިވަނީ ޤައުމީ ކުތުބުޚާނާގައި ރައްކާކުރެވިފައިވާ ނޫސް މަޖައްލާތުގައި ހިމެނޭ މައުލޫމާތުތަކެވެ.






ކުޑަކުދިންގެ ކުރުވާހަކަ މުބާރާތް



6 އަހަރުން ދަށުގެ ގިންތިން ވަނަ ހޯދައިފައިވާ ބައިވެރިން



7 އަހަރާއި 10 އަހަރާއި ދެމެދުގެ ގިންތިން ވަނަ ހޯދާފައިވާ ބައިވެރިން



11 އަހަރާއި 13 އަހަރާއި ދެމެދުގެ ގިންތިން ވަނަ ހޯދާފައިވާ ބައިވެރިން



14 އަހަރާއި 18 އަހަރާއި ދެމެދުގެ ގިންތިން ވަނަ ހޯދާފައިވާ ބައިވެރިން


ފިޔަވަތީގައި ދިރިއުޅޭކުދިން ޤައުމީކުތުބުޚާނާއަށް ޒިޔާރާތްކުރުން

9 އިން 13 ޖެނުއަރީ އާ ދެމެދު ފިޔަވަތީގައި ދިރިއުޅޭ ކުދިން ޤައުމީ ކުތުބުޚާނާއަށް ވަނީ ޒިޔާރަތްކޮށްފައެވެ. 117 ކުދިންނާ އަދި އެކުދިންގެ އެހީތެރިންނަށްވަނީ ޤައުމީ ކުތުބުޚާނާގެ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އިން ދެމުންގެންދާ ޚިދުމަތްތައް ދައްކާލެވިފައެވެ. މިހަރަކާތުގައި ކުޑަކުދިންގެ މަލްޓީމީޑިއާ ލައިބްރަރީއިން ދެމުންގެންދާ ޚިދުމަތްތަކުގެ އިތުރުން ވާހަކަ ކިޔައިދިނުންވެސް ކުރިއަށް ގެންދެވުނެވެ. ކުޑަކުދިންނަށް ހިންގޭ މިފަދަ ޙަރަކާތްތަކުން ހާމަވެގެން ދަނީ ޤައުމީ ކުތުބުޚާނާގެ ޚިދުމަތްތަކަށް އާންމުން ބޭނުންވެފައިވާ މިންވަރެވެ.